ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 22 މީހުން!

12 Dec 2020 | 22:38

ދިވެހިރާއްޖެއިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 22 ބމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއި ރިސޯޓް ތަރައްޤީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 03 މީހަކު އަދި މީހުން ދިރިއުޅޭ ރަށެއްގެ 4 މީހަކުވެސް ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،348 އަށް އަރާފައެވެ. މީގެ ތެރެއިން 61 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 12،659 އަށް އަރާފައެވެ.

Advertisement

ކޮމެންޓް