ކައުންސިލް އިންތިހާބު ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން މިޙަފްތާގައި ލިބޭނެ: ޝަރީފް

13 Dec 2020 | 22:53

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވުމުގެ ހުއްދަ މިޙަފްތާތެރޭގައި ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަމުގެ ރައީސް އަޙްމަދު ޝަރީފް 'ޕީ.އެސް.އެމް' އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، މިހިނގާ ޑިސެމްބަރު މަހުގެ 15 ދުވަހާއި ޖެނުއަރީ 5 ފަސް ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި އިންތިހާބު ބާއްވަން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމުން ނޫނީ ކަނޑައެޅިފައިވާ ތާރީހަށް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޤާނޫނުގައި ބުނާ ތާރީޚްގެ ކުރިން އެކޮމިޝަނުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއްއެބަހުރިކަމަށެވެ. އެގޮތުން 3 މަސް ދުވަހުގެ ތެރޭގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވައި 28 ދުވަސް ކުރިން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުން ފާހަގަކޮށްފައިވެއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އިންތިހާބު ބޭއްވުންކަމަށެވެ. ނަމަވެސް އިންތިހާބު މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ ފަސްކުރަން ޖެހިއްޖެ ނަމަ އިންތިބުހާ ބާއްވަން ޖެހޭނީ ރަމަޟާން މަހުގެ ތެރޭގައިކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

މީގެއިތުރަށް ޝަރީފް ވިދާޅުވީ، އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު އެޗްޕީއޭއިން ދޭއިރު ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް

Advertisement