Advertisement

ގޭގައި އިނދެގެން މޯޝަން ގްރެފިކްސް، އެނިމޭޝަން ދަސްކުރަން ރަނުގެ ފުރުސަތެއް!

17 Dec 2020 | 14:33

ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ޓެކްނޮލޮޖީގެ ފަންނުގައި ދުނިޔެއިން ހޯދަމުންދާ ކުރިއެރުންތަކުގެ މަންފާ ދިވެހިންނަށްވެސް ލިބެއެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި އެފަދަ ކޮންމެ ކުރިއެރުމަކީ ދިވެހިންވެސް ތަޖުރިބާކޮށްލަން އެދޭފަދަ ކަމެކެވެ. އެގޮތުން މޯޝަން ގްރެފިކްސް އަދި އެނިމޭޝަންގެ ދާއިރާއަކީވެސް މަޑުމަޑުން ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ ކަމެކެވެ.

ވިޔަފާރި އަދި އަމިއްލަ ބޭނުމަށްޓަކައި މޯޝަން ގްރެފިކްސް އަދި އެނިމޭޝަން ދަސްކޮށް، އެކަމުން އިތުރަށް ކުރިއަށްދާން ބޭނުންވާ އެތައް ދިވެހިންނެއް އެބަތިއްބެވެ. މިފަހަރު މިއޮތީ އެފަދަ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. ވަރަށް އަގުހެޔޮކޮށް، ފަސޭހަކަމާ އެކު މޯޝަން ގްރެފިކްސް އަދި އެނިމޭޝަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކުރިއަރަމުންދާ މަޝްހޫރު ޓެކް ކުންފުންޏެއްކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ގްރެފިކް ޑިޒައިނަރގެ މަގާމުގައި ހުރި މުހައްމަދު ވިޝާހް ކުރިއަށް ގެންދާ މި ކޯހުގައި މޯޝަން ގްރެފިކްސް އަދި އެނިމޭޝަންގެ ގިނަ ކަންތައްތަކެއް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ކޯހުގެ ބައިވެެރިންނަށް އެޑޯބް އާފްޓަރ އިފެކްޓްސް، މޯޝަން ގްރެފިކްސްގެ ބޭސިކްތައް، ލޯގޯ އެނިމޭޝަން ތައްޔާރުކުރާނެ ގޮތް، ވެޑިންގ އިންވިޓޭޝަނެއް އެނިމޭޓްކުރާނެ ގޮތް، ރަސްމީ ވީޑިއޯ އިސްތިހާރެއް ހަދާނެ ގޮތް، އެނިމޭޝަން އުސޫލުތައް އަދި ވީއެފްއެކްސް ސްކިލްތަކެއް ދަސްކޮށްދޭން ވަނީ ހަމަޖެހިފައެވެ.

ވިޝާހަކީ ފާއިތުވެދިޔަ އަށް އަހަރު ގްރެފިކް އަދި މޯޝަން ޑިޒައިނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ، ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ފަރާތެކެވެ. މިހާރުވެސް ވިޝާހް ދަނީ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ހުނަރުތައް ދައްކައި، އެނިމޭޝަންގެ ގިނަ ކަންތައްތަކެއް އާންމުންނަށް ހިލޭ ސާބަހަށް ދަސްކޮށްދެމުންނެވެ.

25 ޑިސެމްބަރުން ފެށިގެން ކުރިއަށް ގެންދާ މި ކޯސް އޮންނާނީ ރެކޯޑް ކްލާސްތަކެއްގެ ގޮތުގައެވެ. އަދި ލައިވް ކްލާސްތައް އޮންނާނީ ކޮންމެ ރެޔެއްގެ 8 އިން 10 ޖަހަންދެނެވެ. ޒޫމް މެދުވެރިކޮށް ލައިވްކޮށް ކުރިއަށް ގެންދާ މި ކްލާސްތަކުގެ ފީއަކީ 990 ރުފިޔާއެވެ. މި ކޯހުގެ އިތުރު މައުލޫމާތު ހޯދުމަށް 9886666 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލެއް ފޮނުވިދާނެއެވެ. 

ކޯހުގައި ބައިވެރިވުމުގެ ފޯމް ފުރުމަށް މި ޖުމްލައަށް ފިއްތާލާށެވެ!

Advertisement

ކޮމެންޓް