ދެން ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ރާއްޖެއަށް އަންނަ ދިވެހިން ކަރަންޓީންވުން މަޖުބޫރެއް ނޫން!

16 Dec 2020 | 11:43

ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމުގެ އުސޫލަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފިއެވެ.

ހެލްތު ޕްެރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދަތުރުފަަށާ ބަނދަރުން ފުރާއިރު، 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ދަތުރުކުރަން ޖެހޭނެކަމަށެވެ. ނަމަވެސް އެއް އަހަރު ނުވާ ކުޑަކުދިން މި އުސޫލުން އިސްތިސްނާ ވާނެއެވެ.

މި އާ އުސޫލުގެ ދަށުން ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާ މާލެ ސަރަހައްދަށް ވޯކް ވިސާގައި އަންނަ ފަރާތްތަކުން ކަރަންޓީންވުން މަޖުބޫރެއް ނޫނެވެ. ނަމަވެސް އެފަރާތްތަކުން ގޭގައި އުޅޭއިރުވެސް މާސްކް އެޅުމަށާއި ގޭގައި އެކަހެރިވެ ތިބުމަކީ އެދެވިގެންވާ ކަމެކެވެ. 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ދަތުރުކުރަން ޖެހޭ އުސޫލަށް އަމަލުކުރަން ފަށާނީ މިމަހުގެ 20ވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން ބުނީ މި ތާރީޚްގެ ކުރިން ރާއްޖެއިން ބޭރުން މާލެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ޕީސީއާރު ނެގެޓިވް ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީން ވާން ޖެހޭނެކަމަށެވެ. ނަމަވެސް ނެގެޓިވް ނަތީޖާ ގެންނަ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭނެކަމަށް ވަނީ ބުނެފައެވެ.

އަދި މި އިއުލާން އާންމުކުރާއިރު ރާއްޖޭން ބޭރުން ދަތުރުކޮށް މާލޭ ސަރަހައްދުގައި ކަރަންޓީންވެފައިވާ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުން ދޫކޮށް ލެވޭނެކަމަށް ވަނީ ބުނެފައެވެ. މި ފަރާތްތަކުގެ ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖައްސައި އެޗްޕީއޭއިން އެ ފަރާތްތަކަށް އަންގާނެކަމަށް އިއުލާންގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement