ޕެޓް ކިންގްސްއިން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދޭނެ!

20 Dec 2020 | 12:38

ދިރޭ މަހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ޕެޓް ކިންގްސްގެ ފަރާތުން ޑެލިވަރީގެ ޚިދުމަތް ފަށައިފިއެވެ.

އެ ފިހާރައިގެ އޮފިޝަލަކު "ވޮއިސް"އަށް މައުލޫމާތުދެމުން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކޮންމެ ގެއަކަށްވެސް ޑެލިވަރީކޮށްދޭނެކަމަށެވެ. މީގެ އިތުރުން ރަށްރަށުގެ ބޯޓުފަހަރާ ހަމަައަށްވެސް ގަންނަ ދިރޭމަސްތައް ގެންގޮސްދޭނެކަމަށް ވަނީ ބުނެފައެވެ.

ކޮންމެ ހަފްތާއަކު ވެސް އައު މަސް ޝިޕްމަންޓްއަށް ޕްރީ އޯޑަރ ކުރެވޭނެގޮތް ހަމަ ޖެހިފައިވާ އިރު، ޕްރީ އޯޑަރަށް އެ ހަފްތާއަކު ހުޅުވާލާ މަހުގެ ތަފްސީލްތައް ޕެޓް ކިންގްސް ފޭސްބުކްގައި ހުންނާނެއެވެ.

ޕެޓް ކިންގްސްއިން އެންމެ ބޮޑަށް ބަލަނީ މަސްގެންގުޅުމަށް ލޯބިކުރައްވާ ފަރާތްތަކަށް މަހާއި، މަސްކާނާ އާއި މަހާއި ގުޅުން ހުރި އެންމެ ކޮލިޓީ ތަކެތި ބާޒާރުގައި ވިއްކުން ކަމުގައި އެ ފިހާރައިން މައުލޫމާތުދެއެވެ.

ޕެޓް ކިންގްސް ފިހާރަ ހުންނާނީ މައްޗަންގޯޅި ސަހަރާ ކުރިމަތި ދިލްބަހާރު މަގުގައެވެ.

Advertisement

ކޮމެންޓް