Advertisement

މިއަހަރު ދިވެހިރާއްޖެއަށް އައި ފަސްލައްކަ ވަނަ ފަތުރުވެރިޔާ އަކީ ޖަރުމަނުގެ ރައްޔިތެއް!

17 Dec 2020 | 20:09

މިއަހަރުގެ ތެރޭގައި މަދުވެގެން ދިވެހިރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލްވެވިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރި ގޮތުގައި މިއަހަރުގެ ތެރޭގައި ފަސްލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނީ މި ހިނގާ ޑިސެމްބަރ މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން މިއަދު ވަނީ އެ އަމާޒަށް ވާސިލްވެވިފައެވެ.

އެގޮތުން މިއަދު ހެނދުނު އެމިރޭޓްސްގެ ފްލައިޓެއްގައި ވަނީ މިއަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަސްލައްކަ ވަނަ ފަތުރުވެރިޔާ އައިސްފައެވެ. ޖަރުމަނުވިލާތަށް ނިސްބަތްވާ ކާސްޓިން މެޑެލައިން ނީޓްކާ އަދި އޭނާގެ ލޯބިވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ ފޯރިގަދަ މަރުހަބާއެއް ކިޔާފައެވެ.

އޭނާ ވަނީ ރާއްޖެއަށް އާދެވުނީތީ އުފާކުރާ ކަމަށާއި، ދެން އަންނަ އަހަރުވެސް ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުތައް ގިނަ ދުވަސްތަކެއް ވާންދެން ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15ވަނަ ދުވަހުގައެވެ. އެއަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް ދަނީ މަޑުމަޑުން ކުރިއަރަމުންނެވެ.

Advertisement

ކޮމެންޓް