Advertisement

ސައުދީ އަރަބިއްޔާގައި ކޮވިޑް ވެކްސިން ދޭން ފަށައިފި

18 Dec 2020 | 17:37

ފައިޒަރ ބަޔޯއެންޓެކް ވެކްސިން ލިބުމާއިއެކު ސައުދީ އަރަބިއްޔާގެ ކޮރޯނާވައިރަސް ވެކްސިނޭޝަން ކެމްޕެއިން ފަށައިފިއެވެ.

އެގޮތުން މިވެކްސިން ފުރަތަމަ ދެ ޝިޕްމަންޓް ވަނީ މިދިޔަ ބުދަ ދުވަހު ލިބިފައެވެ. މިއީ އެމެރިކާގެ ފައިޒަރ އާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކުން ގުޅިގެން އުފެއްދި ވެކްސިންގެ ތެރެއިން މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން މި ވެކްސިން ލިބުނު އެންމެ ފުރަތަމަ ގައުމެވެ.

މިކަމާއި ގުޅިގެން ސައުދީ އަރަބިއްޔާގެ އަމުރު ވެރި ފަރާތްތަކުން ވެކްސިން ޖެހުމަށްޓަކައި ރެޖިސްޓްރީ ވުމަށް މޮބައިލް އެޕްލިކޭޝަނެއް ބޭނުން ކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން 24 ގަޑިއިރު ތެރޭގައި 150000 މީހުން ވަނީ ރެޖިސްޓަރ ކޮށްފައެވެ.

ސައުދީ އަރަބިއްޔާހެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ ބުރުގައި ވެކްސިން ލިބިގެން ދާނީ 65 އަހަރުން މަތީގެ ފަރާތްތަކާއި ކޮވިޑް 19 ޖެހުމުގެ ފުރުސަތު ބޮޑު މަސައްކަތްތެރިންގެ އިތުރުން ދިފާއީ ނިޒާމުގައި ބަލިކަށިކަން ހުރި އަދި ކްރޮނިކް ބަލިތައް ޖެހިފައިވާ ފަރާތްތަކަށެވެ.

އެއަށްފަހު ދެވަނަ ބުރުގައި 59 އަހަރުން މަތީގެ ފަރާތްތަކާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި ކްރޮނިކް ބަލިތަކުގެ ތެރެއިން ނޭވާހިއްލުން އަދި ހަކުރުބަލި ފަދަ ބަލިތައް ހުންނަ ފަރާތްތަކަށް ވެކްސިން ދެވިގެންދާނެއެވެ. ދެން ބާކީ ތިބި ފަރާތްތަކަށް ވެކްސިން ލިބިގެން ދާނީ ތިން ވަނަ ބުރުގައި ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement