Advertisement

މިއަހަރު ނިމުމުގެ ކުރިން އިތުރު 40000 ފަތުރުވެރިން ގެނެވޭނެ: މައުސޫމް

20 Dec 2020 | 13:34

ޑިސެމްބަރު މަހުގެ ބާކީ އޮތް 10 ދުވަހުގެ ތެރޭގައި އިތުރު 40،000 ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ޓޫރުޒަމް މިނިސްޓަރ ޑރ. މަޢުސޫމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ، މޯލްޑިވްސް މެރިން އެކްސްޕޯ ފެށުމަށް ވާރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ޑރ.މައުސޫމް ވިދާޅުވީ، މިހާރުވެސް 18 ވަރަކަށް އެއާލައިން އިން ރާއްޖެއަށް ދަތުރުކުރާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއަދަދު މައްޗަށް ގޮސްދާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މޯލްޑިސް މެރިން އެކްސްޕޯ ފެށުމަށް ވާރޗުއަލްކޮށް ބޭއްވި މިރަސްމިއްޔާތުގައި ވާހަކަދައްކަމުން މައުސޫމް ވިދާޅުވީ ކަނޑުމަތީގެ ޓޫރިޒަމް އަކީ މުޙިންމު ކަމަކަށްވާއިރު، ދިގު ތާރީޚްގައި ސަފާރީ ބޯޓުތަކަށްވެސް ބޮޑެތި ބަދަލެއް އައިސްފައިވާ ކަމަށެވެ.އެގޮތުން ސަފާރީތައް ބޮޑުވެ، ރިސޯޓުތަކާ އެއް ހަމައެއްގައި ޚިދުމަތް ދެމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، ރާއްޖެއަކީ 99 އިންސައްތައަކީ ފެންކަމުގައި ވާއިރު ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމުގައި ކަނޑު ދަތުރުފަތުރު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

Advertisement

ކޮމެންޓް