ކެފޭ ހައުސް އޯކޭގެ މަސްބަތުން ކުޅުދިޔާވާނެކަން ޔަގީން!

25 Dec 2020 | 10:13

ދިވެހިންގެ ކެއުމުގެ ވައްޓަފާޅި ގުޅިލާމެހިފައިވަނީ އަހަރެމެންގެ ވަށައިގެން ވާ މާހައުލާއެވެ. އެގޮތުން ކަނޑުފަޅުތަކުން ލިބޭ އުފެއްދުންތަކާ ދިވެހިންގެ ކެއުންތައް ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމަކަށް ވެގެންދާނީ މަސްބަތެވެ.

އާންމުގޮތެއްގައި މަސްބަތް ގޭގޭގެ ސުފުރާމަތިން ފެނިގެންދާނީ ހުކުރު ދުވަސްފަދަ ޚާއްސަ ދުވަސްތަކުގައެވެ. އަދި އޭގެ އިތުރުން އާއިލާ އަދި ރަހުމަތްތެރިންނާ އެކު ދަތުރުގޮސް މަސްބަތް ކާލުމަކީ ކިތަންމެ ބަޔަކު ހަމަ މަރުދޭ ކަމެކެވެ. އެހެނަސް ޒަމާނަށް އައި ބަދަލުތަކާ އެކު ދިވެހި މަސްބަތުގެ ހަގީގީ ރަހަ ގެއްލެމުންދާ ކަމަށް ބުނާ ފަރާތްތައް މަދެއް ނޫނެވެ.

އެފަދަ ފަރާތްތަކަށް މާލޭގައި ދިހަ އަހަރު ވަންދެން ކެފޭ ހިދުމަތް ދެމުން އަންނަ ކެފޭ ހައުސް އޯކޭގެ ފަރާތުން މި ވަނީ ވަރަށް ޚާއްސަ ހަދިޔާއެއް ތައާރަފްކޮށްފައެވެ. ކޮވިޑް19 އާއި ގުޅިގެން ބަނދުކުރުމަށް ފަހު އަލުން ކެފޭ ހައުސް އޯކޭ ހުޅުވާފައިމިވަނީ ވަރަށް ތަފާތު ބަދަލުތަކާއެކުއެވެ.

އެގޮތުން ކެފޭ ހައުސް އޯކޭގެ ފަރާތުން މިވަނީ ދިވެހިވަންތަ ދިވެހިންގެ ރަހަތަކާ ގުޅޭފަދަ މަސްބަތެއް ގެނެސްދީފައެވެ. މި މަސްބަތުގައި ކެފޭ އޯކޭއިން ވަނީ ބަތާއި ވަޅޯމަހުގެ އިތުރުން ރިހާކުރު، ތެލުލި މުށިމަސް، ލުނބޯ ފިޔާގެ އިތުރުން ތެލުލި ފަތްވެސް ހިމަނާފައެވެ. ކެފޭ އޯކޭއިން މައުލޫމާތުދޭ ގޮތުގައި މި މަސްބަތުގެ އެކަކަށް ކެވޭނެ ޕޯޝަން އަދި ހަތަރު މީހުންނަށް ކެވޭ ޕޯޝަންވެސް ލިބެން ހުންނާނެއެވެ. މިއިން ކޮންމެ ޕޯޝަނެއްގެ އަގު ހެޔޮވެފަ މީރުވާނެ ކަމުގެ ޔަގީންކަން އެފަރާތްތަކުން ދެއެވެ.

މީގެ އިތުރުން ހުކުރު ދުވަހަށް ހާއްސަ ކުކުޅު ބިރިޔާނީ ހުކުރު ދުވަހު ޑެލިވަރީ ކުރާނެކަން އެ ކެފޭއިން މައުލޫމާތު ދެއެވެ.

އޮފީސްތަކަށް ހާއްސަކޮށް ބްރެކްފާސްޓް ޕެކޭޖްެތައް އެކުލަވާލާފައިވާ އިރު މި ޕެކޭޖު ތަކުގެ އަގު އުޅެނީ ތިރީސް ރުފިޔާއާއި ސާޅީސް ފަސްރުފިޔާއާއި ދޭތެރޭގައެވެ. ބްރެކްފާސްޓް މެނޫގައި ތަފާތު ވައްތަރުގެ މަސްހުނި، ކުޅިމަސް، ރިހާކުރު ހިމެނެއެވެ. މި ހުރިހާ އެއްޗެއް ޓޭކްއަވޭކޮށް ލިބޭނެއެވެ. އަދި އޯޑަރ ކޮށްލައިގެން މާލޭގެ ކޮންމެ ހިސާބަކަށްވެސް ގެންގޮސްދޭނެއެވެ.

ތަފާތު ރަހަތަކަކާއެކު އެކިވައްތަރުގެ ކެއުން، އަދި ބްރޭކްފާސްޓް މެނޫއާއެކު ކޮންމެ ދުވަހެއްގެވެސް ހެނދުނު 8 ން ރޭގަނޑު 10:30 އަށް މިތަނުގެ ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ކުރިއަށްދާނެއެވެ. މާލެގެ އިތުރުން ހުޅުމާލެއަށް ވެސް ކެފޭއިން ޑެލިވަރީ ކުރާނެއެވެ.

ކެފޭއަހުސް އޯކޭ އަށް އޯޑަރ ދެއްވުމަށް ގުޅުއްވާނީ 9992615 އަދި 7763089 އަށެވެ.

Advertisement

ކޮމެންޓް