Advertisement

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 19 މީހުން!

21 Dec 2020 | 00:46

ދިވެހިރާއްޖެއިން އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 19 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 10 މީހުންނާއި، މީހުން އުޅޭ ރަށްރަށުން ޕޮޒިޓިވްވި 6 މީހަކު، ތަރައްގީކުރަމުންދިޔަ ރަށަކުން ޕޮޒިޓިވްވި 2 މީހަކު އަދި ސިނާއީ މަސައްކަތްކުރާ ރަށަކުން ޕޮޒިޓިވްވި ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،493 އަށް އަރާފައެވެ. މީގެ ތެރެއިން 44 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 12،895 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement