މިސްކިތްތަކުގައި ދަރުސް ދިނުމަށް ހުއްދަދެވޭނެ ވަކި ތާރީޚެެއް އަދި ކަނޑަަނާޅާ

21 Dec 2020 | 09:57

މިސްކިތްތަކުގައި ޢިލްމުވެރިން ބާއްވަމުން އައި ދަރުސްތަކަށް އަލުން ހުއްދަ ދެވޭނެ ވަކި ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިސްކިތްތަކުގައި ދަރުސް ދެއްވާ ބޭފުޅުންވެސް އެބޭފުޅުން އެކަން ކުރައްވާނެ ގޮތެއް އެޗްޕީއޭއަށް ހުށަހެޅުމުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު ހުއްދަ ދޭނީތޯ ނުވަަތަ ނޫންތޯ ނިންމާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހުއްދަދޭނެ ވަކި ތާރީޚުތަކެއް ކަނޑައަޅާފައިނުވާ ކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިސްކިތްޔަކުގައި ދަރުސްދިނުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތައް މަދުވުމުން ވަނީ އަލުން މިސްކިތްތައް ހުޅުވާފައެވެ. އަދި ޖަމާޢަތުގައި ނަމާދުކުރުންވެސް މިހާރުވަނީ ފަށާފައެވެ.

މިސްކިތްތަކުގައި އިލްމުވެރިން ބާއްވަމުން އަންނަ ދަރުސްތައް އަލުން ދިނުމަށް ބައެއް ޢިލްމުވެރިން ދަނީ ގޮވާލަމުންނެވެ. މިއީ މިވަގުތު އެންމެ ބޭނުންވާ ކަންތައް ކަމަށްވެސް އެބޭފުޅުންވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement