Advertisement

އެސްޓީއޯއަށް 56 އަހަރު ފުރިއްޖެ، އެމްޑީ އަމްރުގެ ހުރިހާ ޝުކުރެއް މުވައްޒަފުންނަށް!

21 Dec 2020 | 18:02

މިފަދަ ދަތި އުނދަގޫ ދުވަސްތަކެއްގެ ތެރޭގައިވެސް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މުވައްޒަފުން ކޮށްދީފައިވާ ބުރަ މަސައްކަތަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ޝުކުރު ދަންނަވައިފިއެވެ.

އަމްރު މިފަދައިން އެސްޓީއޯގެ މުވައްޒަފުންނަށް ޝުކުރު ދެންނެވީ އެކުންފުނީގެ 56 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ކުންފުނީގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ދަތި އުނދަގޫ އަހަރެއްގެ ނިމުމަކާ ގާތްވެފައިވާއިރު، ދިމާވެފައިވާ ދަތިތަކާ އެކުގައިވެސް އެސްޓީއޯގެ ޒިންމާތައް އަދާކުރުން ކަށަވަރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރި ޓީމް އެސްޓީއޯއަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ބަދަލުވަމުންދާ ހާލަތަށް ހޭނި، އާންމުންނަށް ޚިދުމަތް ކުރުމުގައި އެކުންފުނިން ދެމިއޮންނާނެކަން ޔަގީންކުރުމަށް މުވައްޒަފުން ކުރި ހިންމަތާ ހަރުދަނާ މަސައްކަތްތެރިކަން ބަލައިގަންނަކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އަމްރު ވަނީ އެ މުވައްޒަފުންނާ އެކު މަސައްކަތް ކުރެވުނީތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ހުރިހާ މުވައްޒަފުންނަށް ފޮނުއްވަވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް