Advertisement

އާގިލް މަރާލި މައްސަލާގައި މީހަކު ހޯދަނީ

03 Sep 2018 | 19:17

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް މަރާލާފައިވާ މައްސަލައިގެ ތުޙުމަތުގައި މީހަކު ހޯދުމަށް ފުލުހުން އިލުލާނުކޮށްފި އެވެ.

އުމުރުން 18 އަހަރުގެ އާގިލްގެ މަރުގެ މައްސަލާގައި ހޯދަމުންދަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު (18އ) އެވެ. ފުލުހުން ބުނީ ހަމްދޫން ހަމްޒަތު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވަށް އެދޭކަމަށެވެ.

އާގިލް މަރާލާފައި ވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ އެވެ. އާގިލް މަރާލާފައިވަނީ އޭނާގެ ކަރަށް ވަޅިން ހަމަލާދީގެންނެވެ. 

Advertisement

ކޮމެންޓް

Advertisement