Advertisement

އެންޒީ-1 ފިހާރަ ހުންނަތަން ބަދަލުކޮށް، ފޯރިގަދަ ސޭންޑްވިޗް ޕްރޮމޯޝަނެއް ކުރިއަށް ގެންދަނީ

23 Dec 2020 | 12:16

ޚާއްސަ ސޭންޑިވިޗް ޕްރޮމޯޝަން އަކާއެކު އެންޒީ-1 ގެ މުޅިން އާ ބޭކަރީ އަދި މަސް ފިހާރަ މާލޭގަ ހުޅުވައިފިއެވެ.

އެގޮތުން ކުރިން އަހްމަދިއްޔާ ސްކޫލް ކައިރީގައި ހުންނަ އެންޒީ-1 މިހާރު މިވަނީ އަމީރުއަޙްމަދުމަގު (އިނަރ މޯލްޑިވްސް ބިލްޑިންގ ކައިރީ) އަށް ރިލޮކޭޓް ކުރެވިފައެވެ.

މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގެ އެންޒީ އިން ވަނީ ފިހާރައިގައި ވަރަށް ޚާއްސަ ސެންޑްވިޗް ޕްރޮމޯޝަނެއްވެސް ފަށައިފައެބެ. އެގޮތުން މިއީ ޕްރޮމޯޝަންގަ ހިމެނޭ ހުރިހާ ސޭންޑްވިޗްއަކުން %10 ޑިސްކައުންޓް އާއެކު ފްރީ ޑެލިވަރީވެސް ކޮށްދޭގޮތަށް 31 ޖެނުއަރީ 2021ގެ ނިޔަލަށް ކުރިޔަށް ދާނެ ޕްރޮމޯޝަނެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކީ ވީހާވެސް އަގު ހެޔޮކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންޒީ ގެ ޕްރޮޑަކްޓްސްތައް ފޯރުކޮށްދިނުން. މިގޮތުން އެންޒީ-1 ގަ މިހިނގާ ސޭންޑްވިޗް ޕްރޮމޯޝަންގެ އަގުތައްވެސް ވަރަށް ރަނގަޅުވާނެ. ސޭންޑްވިޗް އިތުރުން ޕިއްޒާ، ސްލައިޑަރސް އަދި ސަބްމެރިންވެސް ލިބޭނެ. ފުލް ސަބްމެރިންސް އެންމެ 46ރ، އަދި އެންޒީ 1 ފިހާރައިގެ ހޮޓްލައިން ނަންބަރު 7288899 އަށް ގުޅުއްވައިގެން އޯޑަރ ކޮށްލެއްވީމަ ފްރީކޮށް ޑެލިވަރވެސް ކޮށްލަދޭނެ" އެންޒީގެ ސޭލްސް އެންޑް މަރކެޓިންގ މެނޭޖަރ ނަޒީމް ވިދާޅުވިއެވެ.

އެންޒީ-1 ހުޅުވުނު މިސަރަހައްދަކީ ގިނަ އޮފީސްތަކާއި ސްކޫލްތައް އަދި ދަތުރުފަތުރުތައް ގިނަ ސަރަހައްދެކެވެ. މިގޮތުން ވޯކް-އިން ކަސްޓަމަރުންނަށް، ޚާއްސަކޮށް ހެނދުނު ހެނދުނާ އޮފީސްތަކަށްދާ ބޭފުޅުންނަށާއި ސްކޫލްތަކަށްދާ ކުދިންނާ ބެލެނިވެރިންނަށް ފަސޭހަވާނެހެން އެންޒީ-1 މިހާރު ކޮންމެ ދުވަހަކު ހެނދުނު 6:30 ގައި ހުޅުވާފައިހުންނާނެއެވެ.

މިފިހާރައިން އެންޒީގެ ބޭކަރީ ޕްރޮޑަކްޓްސްގެ އިތުރުން ކޭކް އަދި ކަޕްކޭކްސްފަދަ ފޮނި ޕޭސްޓްރީސް އާއި ރަހަމީރު ރިހާކުރު އަދި މަސްމިރުސް ކަހަލަ ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތައް ލިބެން ހުންނާނެއެވެ.މީގެ އިތުރުން ކޮލިޓީއަށް އިތުބާރު ކުރެވޭ އެންސިސް ކާރުހާނާގައި ޕްރޮސެސްކުރެވޭ ތާޒާ ރޯމަސް ވެސް ލިބެންހުންނާނެއެވެ.

އެންޒީއިން ވަނީ މިއަހަރު މެދުތެރޭ އެންސިސްގެ ހުޅުމާލޭގައި ހުންނަ ފިޝްމީލް ޕްލާންޓްގައި އުކާލެވޭ މަހުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ތިމާވެއްޓާ ރައްޓެހި "އެންސިސްގްރީން" ގަސްކާނާވެސް ވިއްކަން ފަށާފައެވެ. އެންޒީ 1 ގެ އިތުރުން ސްޓެލްކޯ ކައިރީގައި ހުންނަ އެންޒީ 5 މާލެ، އަދި ގާޒީ ސްކޫލް ކައިރީ ހުންނަ އެންޒީ 2 ހުޅުމާލެ، އަދި އެންޒީގެ އޮންލައިން ފިހާރަ www.enzi.mv އިން މިހުރިހާ ޕްރޮޑަކްޓްސް އެސް ލިބެން ހުންނާނެއެވެ.

Advertisement

ކޮމެންޓް