ދަނޑުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބިޑު ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

26 Dec 2020 | 04:21

ރާއްޖޭގެ އެކި ރަށްރަށުގައި ދަނޑުވެރިކަމަށް ހުޅުވާލި ފުރުސަތުގެ ދަށުން އެރަށްތަކަށް އެދި ބިޑު ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނެރުނު ޢިޢުލާނެއްގައި ބުނެފައިވަނީ، ދަނޑުވެރިކަމަށް ހުޅުވާލި ރަށްތަކަށް އެދި ބިޑު ހުށަހެޅުމުގެ މުއަދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ، ޕްރީ ބިޑް މީޓިން ތިން ދުވަހަށް ފަސްކުރެވިފައިވުމުން ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ފަޅުރަށްތައް ދޫކުރުމަށް ނިންމާފައިވާ މައިގަނޑުނ މަގްސަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ދަނޑުވެރިކަންކުރުމަށް ސަރުކާރުން ވަނީ 6 ރަށެއް ދޫކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހއ.މަޑުލު.އާއި، ށ.ކަކާއެރިދޫ އާއި، ނ.ނެޔޮ އާއި، ބ.މާއްޑޫ، ނ.ތޮޅެންދޫގެ އިތުރުން ގއ.އޮއޮގިނިއްލާއެވެ.

މިކަމުގެ ސަބަބުން ޕްލޯޓްރީ ނުވަތަ ކޯލިއާއި ބަކަރި ގެންގުޅުމާއި، ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް