Advertisement

20 ރުފިޔާއަށް ނުވަތަ އެއަށްވުރެ ބޮޑު އަގެއްގައި މަސް ގަތުމަކީ ކުރެވޭނެ ކަމެއްނޫން: ޒަހާ

28 Dec 2020 | 15:02

20 ރުފިޔާއަށް ނުވަތ އެއްށަވުރެ ބޮޑު އަގެއްގައި މަސްގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަހާ ވިދާޅުވީ، މިހާރު 20 ރުފިޔާއަށް ނުވަތަ އެއަށްވުރެ ބޮޑު އަގެއްގައި މަސްގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިހާރު މަހުގެ އަގު ކަނޑައެޅުމުގައި ބާޒާރުގައި ހުރި އަގުތަކަށްވެސް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.

ޒަހާ ވިދާޅުވީ މިފްކޯއަކީ މަހުގެ ވިޔަފާރިކުރާ ކުންފުންޏަަކަށްވާއިރު، ޚަރަދުތަކެއް ހިނގާނެ ކަމަށާއި، އެ ޚަރަދުތައް ދެކޮޅުޖައްސަން ޖެހޭނެ ކަމަށެވެ. އަދި ހަމައެހެންމެ އެހެން ކުންފުނިތަކަ ޚިލާފަށް މިފްކޯއަކީ ވަރަށް ގިނަ ސަރަޙައްދުތަކުން މަސްގަންނަ ކުންފުންޏަކަށްވާއިރު، މިސަރަޙައްދުން މަސްގަންނަ ކުންފުންޏެއް ކަމަށާއި، ފުލީޓެއް ގެންގުޅޭ ކުންފުންޏަކަށްވާތީ ޚަރަދުތައް ބޮޑުކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މަސްވެރިން ބާނާ މަސް ކިރުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް