ބޭންކް އޮފް މޯލްޑިވްސް އިން ފައިސާ ނެގޭ އަދަދު މަދުކޮށްފި

24 Dec 2020 | 20:13

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް ނަގުދު ފައިސާގެ ގޮތުގައި ނެގޭ ޢަދަދު މަދުކުރުމަށްނިންމައިފިއެވެ.

ބޭންކުން ބުނީ މިގޮތަށް ނިންމަން ހަމަޖެއްސުމުގެ ބޭނުމަކީ ފައިސާގެ މުޢާމަލާތްތައް އިތުރު ކުރުމަށާއި ނަގުދު ފައިސާ ގެންގުޅުން މަދު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެންގުމާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިމަހުގެ 31 އިން ފެށިގެން ދުވާލެއްގެ މައްޗަށް ކުރާ ހުރިހާ މުޢާމަލާތްތައް ހިމެނޭހެން ކަސްޓަމަރުންނަށް ނަގުދު ފައިސާގެ ގޮތުގައި ގިނަވެގެން ނެގޭނީ 200،000 (ދެލައްކަ ރުފިޔާ) ކަމުގައި އެބޭންކުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް