މިހާތަނަށް ރާއްޖޭގައި ފެތުރެމުންދަނީ ކޮވިޑް-19ގެ އެއްބާވަތެއް: ޑރ.ނަޒްލާ

25 Dec 2020 | 13:20

ރާއްޖެއިން މިހާތަނަށް ފެތުރެމުންދަނީ ކޮވިޑް-19ގެ އެއްބާވަތެއް ކަމަށް ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ (އެޗް.އީ.އޯ.ސީ) ގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ވިދާޅުވީ، ކޮވިޑް-19އާއި ގުޅިގެން އިނގިރޭސިވިލާތުން މިހާރު އައު ބާވަތެއް މިދިޔަ ހަފްތާގައި ފެނިފައިވާކަން އެޤައުމުން ހާމަކޮށްފައިވާ ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެ ޤައުމުގެ ދެކުނު އިރުމަތީ ސަރަޙައްްދުގައި އެބާވަތް ވަރަށް ބޮޑަށް ފެތުރި ޑިސެމްބަރުމަހާ ހަމައަށް އެބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ.

ނަޒްލާ ވިދާޅުވީ، މިބާވަތުގެ ތަފާތުކަމަކީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރޭ މިންވަރު އަވަސްވުމާއި ގިނަ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ބޮޑުވުން ކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދެކުނު އެފްރިކާއާއި ނައިޖީރިއާއިންވެސް ކޮވިޑް-19ގެ އައު ބާވަތެއް ފެނިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަޒްލާ ވިދާޅުވީ، އިނގިރޭސިވިލާތުގައި ކޯވިޑް-19ގެ އައު ބާވަތެއް ފެތުރެން ފެށުމާގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުން، އިނގިރޭސިވިލާތަށްކުރާ ދަތުރުފަތުރު ހުއްޓާލާފައިވެއެވެ.އެހެންނަމަވެސް ރާއްޖެއިން އެކަމުގައި އަދި ވަކިގޮތެއް ނިންމާފައިނުވެއެވެ.

އެހެންނަމަވެސް ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ވަރަށް ބޮޑަށް ބަދަލުމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19ގެ އިތުރު ބާވަތެއް ނުވަތަ ވޭރިއެންޓެއް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށްވެސް އެންމެ މުހިންމީ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުންކަމަށެވެ.

Advertisement

ކޮމެންޓް