Advertisement

މިއީ ދިވެހިރާއްޖޭގެ ތާރީޚްގައި އޮތް އެންމެ ކޮރަޕްޓް ސަރުކާރު: މުޙައްމަދު އިސްމާޢިލް

27 Dec 2020 | 11:45

ދިވެހި ތާރީޚްގައި ދުވަހަކުވެސް ނުހިންގާ ވަރުގެ ކޮރަޕްޝަންގެ ޢަމަލުތައް މިސަރުކާރުން ހިންގާފައިވާ ކަމަށް ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

އެބޭފުލާ މިހެން ވިދާޅުވީ ކާނިވާ ސަރަޙައްދުގައި އިދިކޮޅުން ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.

އެބޭފުޅާ ވިދާޅުވީ، މިސަރުކާރުގައި ދުވަހަކުވެސް ނުހިންގާ ވަރުގެ ކޮރަޕްޝަންގެ ޢަމަލުތައް ކޮށްފައިވާ ކަމަށާއި، އެކަންކަންރައްޔިތުންނަށް ބެލިއްޖެތޯ ސުވާލުކޮށް ވިސްނަން ވެއްޖެކަމަށް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުހައްމަދު އިސްމާއިލަކީ އެމްއެމްޕީއާރްސީގެ ފައިސާތައް ގޯނިގޯނީގައި މަޖިލިސް މެންބަރުންނަށް ބެއްސެވިކަމަށް އަމިއްލަފުޅަށް މަޖިލިސް ޖަލްސާއެއްގައި އިއުތިރާފްވެ ވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚް ނުހިނގާ ވަރުގެ ސަރުކާރުގެ އިސް ސަފުގައި ތިއްބެވި އެތައްބަޔަކު ރޭޕްތަކާއި ވައްކަމާއި، ފަސާދަޔާއި، އަދުލުވެރިކަން ނައްތާލުމަށްޓަކާ އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭގެ އިތުރުން ވިދާޅުވީ، 2018 ގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި މުޙައްމަދު ނަޝީދުއަށް ވެރިކަން ދެއްވި ސަބަބަކީ މިއީތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ތިންބާރު ވަކިވެފައި އޮތް ނިޒާމެއްގައި މަސައްކަތް ކުރަމުންދާއިރު، ތިންބާރު ވަކިވެގެން މިއަދު މަސައްކަތް ކުރޭތޯ ވަނީ ސުވާލުކޮށްފައެވެ.

Advertisement

ކޮމެންޓް