އަންނަ މާޗުމަހު ކައުންސިލް އިންތިޚާބް ބާއްވަންޖެހޭނެ: އާދަމް ޝަރީފް

27 Dec 2020 | 14:08

ކުރިއަށް އިތް ލޯކަލް ކައުންސިލް އިންތިޚާބް އަންނަ މާޗުމަހުގައި ނުބާއްވަން ސަރުކާރުން އުޅުނު ނަމަވެސް ޤާނޫނު އަސާސީ އޮތްގޮތުން ނަމަ އަންނަ މާޗުމަހުގައި އެ އިންތިޚާބް ބާއްވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބް ނުބާއްވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، އިންތިޚާބް ނުބާއްވަން މަސައްކަތް ކުރެއްވި ނަމަވެސް އެ އިންތިޚާބް ބާއްވަން ޖެހޭނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮންމެ ދިވެހި ރައްޔިތެއްގެ ޖީބަށް ފައިސާ ވަދެ، ތަނަވަސްކަން ހުރި ކަމަށާއި، ޒުވާނުންނަސް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.ނަމަވެސް މިސްރުކާރުގެ ވެރިކަމުގައި ރައީސް ޔާމީން ޖަލަށްލައި އެމަނިކުފާނަށް އަނިޔާވެރިވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅާ އެހެން ވިދާޅުވިއިރު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

Advertisement

ކޮމެންޓް