ވަޓްސްއެޕް މެދުވެރިކޮށް ކިޑްނީ ވިއްކަން އުޅެފި

29 Nov 2018 | 06:22

އިންޑިޔާގެ ބެންގަލޫރުގައި ވަޓްސްއެޕް މެދުވެރިކޮށް މީހަކު ކިޑްނީ ވިއްކަން އުޅެފިއެވެ.

އިންޑިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި ވެބްސައިޓަކުން ވަޓްސްއެޕް ނަންބަރެއް ފެނި، ކިޑްނީ ވިއްކަން އެދޭ ފަރާތްތަކުން ގުޅުމަށް ޖަހާފައި އޮތުމުން އެމީހާ ފައިސާއަށް ބޭނުންވެފައި ހުރި މިންވަރު ބޮޑުކަމުން އެ ނަންބަރަށް މެސެޖްކުރިއެވެ.

އެ ނަންބަރަށް މެސެޖް ކުރުމުން، ބެންގަލޫރުގެ ކޮލަމްބިޔާ އޭޝިޔާ ހޮސްޕިޓަލުގެ ޑޮކްޓަރަކު 1.6 ބިލިޔަން ރުޕީސްއަށް ކިޑްނީއެއް ގަންނަން ބޭނުންވާ ކަމަށް އެމީހާާ ގާތު ވަނީ ބުނެފައެވެ. އަދި އެ ޑޮކްޓަރ ކަމަށްބުނި މީހަކު ވަނީ އެމީހާއާއި ބައްދަލުކޮށް، އޮޕަރޭޝަންގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

ނަމަވެސް އެމީހާ އޮޕަރޭޝަނާއި ގުޅިގެން ހޮސްޕިޓަލަށް ދިއުމުން ވަނީ، އެއީ އެ ހޮސްޕިޓަލާއި ޑޮކްޓަރުގެ ނަންމަތީގައި ބަޔަކު ކުރާ ވަގު ވިޔަފާރިއެއްކަން ފަޅާއަރާފައެވެ.

މި މައްސަލަ އިންޑިޔާގެ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. ގުނަވަންތަކުގެ ވަގު ވިޔަފާރިކުރުމަކީ އިންޑިޔާގައި ވަރަށް އާންމު ކަމެކެވެ.

Advertisement

ކޮމެންޓް

Advertisement