Advertisement

ކައިވެނި ހަފްލާގެ ކްލަސްޓަރ ބޮޑުވެ، މިހާތަނަށް ޖުމްލަ 41 މީހުން ޕޮޒިޓިވް!

28 Dec 2020 | 12:53

މިމަހުގެ 20 ވަނަ ދުވަހު މާލޭގެ ޝީ ބިލްޑިންގގައި އޮތް ކައިވެނީގެ ހަފްލާއާ ގުޅޭ ކޮވިޑް ކްލަސްޓަރގައި މިހާތަނަށް ޕޮޒިޓިވްވެފައިވާ ޖުމްލަ ފަރާތްތަކުގެ އަދަދު 41 އަށް އަރައިފިއެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އެ ކައިވެނި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެއަށްފަހު ޖެހިގެން އައި ދުވަހު 12 މީހުން ޕޮޒިޓިވްވެ، އޭގެ އަނެއް ދުވަހު 21 މީހުން ޕޮޒިޓިވްވިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އިއްޔެ މި ކްލަސްޓަރއިން އިތުރު 8 މީހުން ޕޮޒިޓިވްވި ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޝީ ބިލްޑިންގްގައި ބޭއްވުނު މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް އެނގިފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްޕީއޭއިން ދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. އަދި އެޗް.ޕީ.އޭ އިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް

Advertisement