ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 31 މީހުން!

30 Dec 2020 | 00:48

ދިވެހިރާއްޖެއިން އިތުރު 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 31 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުން، މީހުން އުޅޭ ރަށްރަށުން ޕޮޒިޓިވްވި 4 މީހަކު، ހިންގަމުންދާ ރިސޯޓްތަކުން 5 މީހުން އަދި ލިވްއަބޯޑްތަކުން 2 މީހެކެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،691 އަށް އަރާފައެވެ. މީގެ ތެރެއިން 29 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،109 އަށް އަރާފައެވެ.

Advertisement

ކޮމެންޓް