ޞާލިހް މީޑިޔާއަށް ފިއްލަވައިގެން އުޅުއްވުމަށްފަހުގައި ގޯސްވަނީ ހަމަ މީޑިޔާ: ޝިފާގް

30 Dec 2020 | 12:56

ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އަޑުން ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީޑިއާއިން މިހާރު ފެންނަމުންދަނީ ހަމައެކަނި ޓްޥީޓަކުން ޚަބަރު ހަދާ މަންޒަރު ކަމަށެވެ. އަދި ޓްވީޓަކުން ޚަބަރު ހެދުމުގެ ބަދަލުގައި އިތުރު މަޢުލޫމާތު ހޯދައިގެން ޚަބަރު ހޯދުމަށް ރައީސްވަނީ ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް މިފަދައިން ވިދާޅުވުމާއި ގުޅިގެން، ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ރައްދުދެއްވައިފިއެވެ.

ޝިފާޤް ވިދާޅުވީ، ރައީސް ޞާލިޙް މީޑިއާއަށް ފިލާވަޑައިގެން އަހަރެއްކޮށްފައި އައިސް ރޭޑިއޯ ޕްރޮގްރާމަކަށް އަރާވަޑައިގެން ގޯސްކުރައްވަނީ މީޑިއާ ކަމަށެވެ.އަދި ޤައުމު ޙަނާވެ، ފަނާ ވަމުންދާއިރުވެސް، އަދިވެސް ދައްކަވަނީ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ގެއަށް ވަޑައިގެން ކީރިތިކުރެއްވި ވާހަކަ ކަމަށެވެ.

"މީޑިއާއަށް ފިލައިގެން އުޅުއްވާތާ އަހަރުކޮށްފަ ރޭޑިއޯ ޕްރޮގްރާމަކަށް އަރައި ވަޑައިގެން އަދިވެސް މީޑިއާ ގޯސްމިކުރަނީ.ޤައުމު ހަނާވެ، ފަނާވަމުންދާއިރުވެސް، އަދިވެސް ފަޒޫމެން ގޭގައި މަޑުކުރަން ޖެހުމުން ރުއިވާހަކަ މިދައްކަނީ" ޝިފާޤް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެމަނިކުފާނު ކިޔަވަން މާލެ ގެނެސް ފަޒްނާމެން ގެއަށް ފުރަތަމަ ގެންދެވި ދުވަހު ކީރިތި ކުރެއްވި ވާހަކަ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement