2021އަށް މަރުހަބާ ކިޔުން، ކަރޯކޭ އަދި ބޮޑުބެރާއި އެކު ކީގޯސްގައި!

30 Dec 2020 | 14:27

ޒުވާނުންގެ މެދުގައި ކުޑަ މުއްދަތެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކީގޯސް ކެފޭ އެންޑް ރެސްޓޯރެންޓްގެ ފަރާތުން 2020 ނިންމާލައި، 2021ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެގޮތުން މި ހަރަކާތްތައް އޮންނާނީ މާދަމާ ރޭގަނޑު 8އިން ފެށިގެން 12 ޖެހުމާއި ހަމައަށެވެ.

މާދަމާ ރޭ އެ ކީގޯސްގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި 20:00 އިން 23:00 އަށް އޮންނަ ޑިނަރ ބުފޭ، 21:00 އިން 22:00 އަށް އޮންނަ އޯޕަން ކަރޯކޭ އަދި 22:30 އިން 00:00 އަށް އޮންނަ ހޭވައްލާ ގްރޫޕްގެ ފޯރިގަދަ ބޮޑުބެރު ހަރަކާތްތައްވެސް ހިމެނެއެވެ.

މި ހުރިހާ ހަރަކާތެއްގައި ބައިވެރިވުމަށް ދައްކަވަން ޖެހޭނީ ބޮލަކަށް އެންމެ 250 ރުފިޔާ ކަމަށް ކީގޯސްގެ މެނޭޖްމަންޓްގެ ފަރާތުން މައުލޫމާތުދެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ބުކިންގ ހައްދަވަން ޖެހޭނެއެވެ. ބުކިންގ ހެއްދުމަށް ގުޅުއްވަންޖެހޭ ނަންބަރަކީ 7335700 އެވެ. މާލޭގެ ރަށްދެބައިމަގު ރާދަ ބުކްޝޮޕް ކުރިމައްޗަށް އޮންނަ ހެލެނބެލި ގޯޅީގައި ހުންނަ ކީގޯސް އަކީ ޖާގައިގެ ގޮތުން ތަނަވަސް ގޮތަކަށް ހަދާފައިވާ ތަނެކެވެ.

Advertisement

ކޮމެންޓް

Advertisement