ފެލިވަރުން މަސްދަޅު ވިއްކާ އަގު ހެޔޮކޮށްފި

01 Jan 2021 | 21:26

މަސްވެރިންގެ އަތުން މަސް ގަތުމަށް ގެނައި ބަދަލާއެކު ފެލިވަރުން ވިއްކާ ފަސްމީރު ފެލިވަރު މަސްދަޅު އަގުހެޔޮކޮށްފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ، މަސްގަތުމަށް ގެނައި ބަދަލާއެކު ފެލިވަރުން ވިއްކާ ފަސްމީރު ފެލިވަރު މަސްދަޅު ވިއްކާ އަގުހެޔޮކޮށްފައިވާކަމަށެވެ.

މީގެ ކުރިން އެކުންފުނިން ތެޔޮ މަސްދަޅު ކޭހެއް 640 ލިބިފައިވާއިރު، މަސްދަޅެއްގެ އަގު އުޅެނީ 13.05 ރުފިޔާއަށެވެ.ނަމަވެސް މިހާރު މިފްކޯއިން ފެލިވަރު މަސްދަޅު ކޭހެއް 575 ރުފިޔާއަށް ލިބޭއިރު އަދި މަސްދަޅެއް 12.25 ރުފިޔާއަށް ލިބޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ މިހާރު އެކުންފުނިން ފެންމަސްދަޅު ކޭހެއް 530ރ އަދި މަސްދަޅެއް 11.25 ލިބޭނެކަމަށެވެ.އަދި ކުރިން ފެންމަސްދަޅެއް ވިއްކަމުން ދިޔައީ 12.05 އަށެވެ.

ފަސްމީރު މަސްދަޅަކީ އާންމުންގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ އުފެއްދުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް