ރާއްޖެ އަންނަ ކާގޯފެރީގައި 700 ޓަނުގެ މުދާ ގެންނާނެ: އަމްރު

03 Jan 2021 | 13:11

އިންޑިޔާއިން ރާއްޖެއަށް އަންނަ ކާގޯ ފެރީގައި 700 ޓަނުގެ މުދާ ގެނަނާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮޗިން އިން ހދ.ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކާގޯ ފެރީ މިއަދުގެ ވަގުތެއްގައި އެރަށުގައި ބަނދަރުކުރާނެއެވެ.

އަމްރު ވިދާޅުވީ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މިއަދު ކުޅުދުއްފުއްޓަށް ބަނދަރުކުރަން ހަމަޖެހިފައިވާބޯޓުގައި 700 ޓަނުގެ މުދާ ގެނަނާނެ ކަމަށެވެ.އަދި އެއަފަހަރަށްވުރެ އަނެއްފަހަރު ކާގޯ ފެރީގައި ރާއްޖެއަށް ގެންނަ މުދާ އިތުރުވެގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދުގައި ބާއްވާ ކާގޯ ފެރީ ދަތުރުތައް ފަށައި، ކުޅުދުއްފުށި ސިޓީގައި ފުރަތަމަ ފެރީ ބަނދަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.

ކުޅުދުއްފުއްޓާއި އިންޑިއާއި ދެމެދު ދަތުރުކުރާ މިބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.އަދި މިދަތުރުތައް ކުރަން ހަމަޖެހިފައިވަނީ މަހަކު ދެފަހަރުއެވެ.

ފޮޓޯ: އެމްބީއެސް ނިއުސް

Advertisement

ކޮމެންޓް

Advertisement