ހަވާދު އަދި ބޮޑެތި ބަޑިތަކަކާއެކު 400 އަހަރުވީ ބޯޓެއް ކަނޑުއަޑިން ހޯދައިފި

26 Sep 2018 | 15:52

އެކި ވައްތަރުގެ ހަވާދު އަދި ބޮޑެތި ބަޑިތަކަކާއެކު ކަނޑު އަޑިއަށް ފެތިފައިވާ 400 އަހަރުވީ ބޯޓެއް ޕޯޗުގަލްގެ ސިޓީއެއްކަމަށްވާ ލިސްބަންގެ އައްސޭރި ބޭރުން ހޯދައިފިއެވެ. މި ބޯޓަކީ އިންޑިއާއިން މުދާބަރުކޮށްގެން ޕޯޗުގަލަށް މިސްރާބުޖަހާފައިވާ ޕޯޗުގަލްގެ ބޯޓެއްކަމަށާއި މި ހޯދުނު ހޯދުމަކީ ޕޯޗުގަލްގެ ތާރީހުގައި މިހާތަނަށް ހޯދުނު އެންމެ މުހިންމު ހޯދުންކަމަށްވެސް މި މަސައްކަތް ކުރަން އުޅުން ޓީމުގެ ޑިރެކްޓަރ މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

މި ބޯޓުން ފެނުނު އިތުރު ތަކެތީގެ ތެރޭގައި މުށިން ހަދާފައިވާ ޗައިނާގެ އުފެއްދުންތަކާއި ކޮލޯނިއަލް ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ބޮލިތަކެއްވެސް ހިމެނެއެވެ.

މި ބޯޓް ފެނިފައިފާ މިވަނީ ޕޯޗުގަލްގެ ސަރުކާރާއި ނޯވާ ޔުނިވަރސިޓީ އޮފް ލިސްބަންއިން 10 އަހަރުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ އަރކިއޮލޮޖިކަލް ޕްރޮޖެކްޓެއްގެ މަސައްކަތްތަކަކުންނެވެ. 

Advertisement

ކޮމެންޓް