ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ފެބްރުއަރީ 3ވަނަ ދުވަހާއި ހަމައަށް!

04 Jan 2021 | 16:13

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ 12 މާރިޗްވީ ދުވަހުން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެގޮތުން އަންނަ ފެބްރުއްރީ މަހުގެ 3ވަނަ ދުވަހާއި ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރިކަން ވަނީ އިއުލާންކުރެވިފައެވެ. މިކަމުގެ އިގްރާރުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،867 އަށް އަރާފައެވެ. މީގެ ތެރެއިން 37 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،191 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement