އައިލެންޑް އޭވިއޭޝަންގެ އާ އެމްޑީއަކަށް މިހާދު!

07 Jan 2021 | 11:08

ދިވެހިރާއްޖޭގެ ގައުމީ އެއާލައިންކަމަށްވާ "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏަށް އާ މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފިއެވެ.

އެ މަގާމަށް މުހައްމަދު މިހާދު އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ އެހެން މަގާމަކަށް ބަދަލުކުރުމަށް ފަހުގައެވެ. ރިޒްވީ އައްޔަންކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށެވެ.

މިހާދު މިއަދާާއި ހަމައަށް ހުންނެވީ އެމްއޭސީއެލްގެ ބޯޑް މެންބަރެއްގެ ގޮތުގައެވެ. އެބޭފުޅާ ވަނީ ފަތުރުވެރިކަމުގެ ދާއިރާާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައި، އެ ދާއިރާގައި އަމިއްލަ މަސައްކަތްތައްވެސް ކުރައްވާފައެވެ. މީގެކުރިން އެބޭފުޅާ ވަނީ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްކަން އަދި އެމްޓީޑީސީ އަދި އައިލެންޑް އޭވިއޭޝަންގައިވެސް ބޯޑް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ. 

މިހާދު ވަނީ އޮސްޓްރޭލިޔާގެ އެޑިތް ކޮވެން ޔުނިވަރސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވާފައެވެ.

Advertisement

ކޮމެންޓް