ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކެޕިޓޮލް ބިލްޑިންގއަށް ވަދެގަނެއްޖެ

07 Jan 2021 | 12:42

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދުކުރާ ފަރާތްތަކުން އެގައުމުގެ ކޮންގްރެސް ހުންނަ ކެޕިޓޮލް ބިލްޑިންގއަށް ވަދެގަނެއްޖެއެވެ.

މީސް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯތަކުން ފެންނަގޮތުގައި ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކެޕިޓޮލް ބިލްޑިންގގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތައް ފަހަނައަޅައި، އެ އިމާރާތުގެ ތެރެއަށް ވަދެގަނެފައެވެ. މިއާއި އެކު ކެޕިޓޮލް ބިލްޑިންގ ވަނީ ލޮކްޑައުނަކަށް ގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދަކީ ކޮންގްރެސްގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އިލެކްޓޯރަލް ވޯޓް ގުނައި ސެޓިފައިކުރަން އޮތް ދުވަހެވެ. މި ވޯޓްތައް ގުނުން ބާތިލްކުރުމަށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވަނީ ދެކޮޅު ހައްދަވާފައެވެ.

މިއަދު ހަވީރު ހައެއް ޖަހާއިރުން ފެށިގެން ވޮޝިންގްޓަން ޑީސީގައި ކާފިއު ހިންގަން އެ ޝަހަރުގެ މޭޔަރ ވަނީ ނިންމަވާފައެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް