ދިރާގުގެ ޗެއަރމަންކަމަށް އިސްމާއިލް ވަހީދު

29 Nov 2018 | 16:22

ދިވެހިރާއްޖޭގެ މައި މުވާސަލާތީ ކުންފުނި ކަމުގައިވާ ދިރާގުގެ ޗެއަރމަންކަމަށް އެކުންފުނީގެ ސީއީއޯގެ މަގާމު ކުރިން އަދާކުރެއްވި އިސްމާއިލް ވަހީދު ހަމަޖައްސަވައިފިއެވެ.

ވަހީދު ދިރާގުގެ ބޯޑުގެ ޗެއަރމަންކަމަށް ހަމަޖައްސަވާފައިވާކަން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.

އިސްމާއިލް ވަހީދު ވަނީ 2004 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ މުއްދަތަށް ދިރާގުގެ ސީއީއޯކަން ކުރައްވާފައެވެ.

ދިރާގުގެ ޗެއަރމަންކަމަށް ވަހީދު އައްޔަންކޮށްފައިވަނީ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު އަޝްމަލީ މިމަހުގެ 22 ވަނަ ދުވަހުގައި މަގާމުން ވަކިކުރުމުންނެވެ. 

Advertisement

ކޮމެންޓް

Advertisement