ތިނަދޫގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

09 Jan 2021 | 20:25

ގދ.ތިނަދޫގައި އަލިފާނުގެ ޙާދިސާއްެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދުގދ.ތިނަދޫގައި ދަގަނޑު ޓޭންކްއެއް ކެފުމުގެ މަސައްކަތް ކުރަނިކޮށް އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާ ކަމަށެވެ.

މިޙާދިސާ ހިނގާފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދި 18:00 ހާއިރުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.އަދި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.



Advertisement

ކޮމެންޓް