Advertisement

ފާއިތުވި ދެއަހަރު ތެރޭގައި ސަރުކާރުން ގިނަ ކަންތައްތަކެއް ޙާސިލްކުރެވިއްޖެ: ރައީސް

11 Jan 2021 | 06:38

ފާއިތުވި ދެއަހަރު ތެރޭގައި މިސަރުކާރުން ގިނަ ކަންތައްތަކެއް ޙާސިލްކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އީމެއިލް މެދުވެރިކޮށް 'ދަ ހިންދޫ' އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ، ފާއިތުވި ދެއަހަރު ޙާސިލްކުރެވުނު ކާމިޔާބުގެ ތެރޭގައި ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމް ފެށުމާއި، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުން ފާހަގަކޮށްފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ، ފާއިތުވި ދެއަހަރުގެ ތެރޭގައި ކުރިން ހުރި އަނިޔާވެރި ޤާނޫނުތައް އުވައިލެއްްވި ކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަބުރު ހިމާޔަތްކުރުމުގެ ޤާނޫނު އުވައިލައްވާފައިވާ ކަމުގައެވެ. އަދި ލާމަރުކަޒީ ޤާނޫނުތައް އިތުރަށް ޙަރުދަނާކޮށް ރަށްފުށުގެ ރައްޔިތުން ބާރުބެރިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެހެންމެ ހަމަހަމަކަން ޤާޢިމްކުރުމުގެ ގޮތުން ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ޚާއްސަކޮށްފައިވުމަކީވެސް ސަރުކާރުގެ ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް