ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަން: ރައީސް

10 Jan 2021 | 20:43

ފާއިތުވި ދެއަހަރުގެ ތެރޭގައި ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާ ގާތްގުޅުމެއް ބާއްވަމުން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރަޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، "ދަ ހިންދޫ" އަށް އީމެއިލް މެދުވެރިކޮށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ، ސަރުކާރާއި ދެކޮޅު ޚިޔާލުތައް ފެތުރުމަކީ ޖިނާއީ ކުށެއްކަމުގައި ހެދި އަބުރުގެ ގާނޫނު އުވާލެވިފައިވާ ކަމަށެވެ. އަދި ނޫސްވެރިންނާ ގާތުން މަސައްކަތްކޮށް، އަދި ވަކިން ޚާއްސަކޮށް ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޞާލިހު ވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ސަރުކާރާއި މީޑިޔާގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފާއިތުވެދިޔަ ދެ އަހަރުގައި އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މަދު ފަހަރެއްގައެވެ.

Advertisement

ކޮމެންޓް

Advertisement