ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދަށް ބަދަލެއް ނުގެންނަން: ބީއެމްއެލް

10 Jan 2021 | 21:18

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކާޑުތަކުން ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދަށް ބަދަލެއް ގެނެސްފައި ނުވާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ 17ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އެންމެ މަތީ އަދަދަކީ މަހަކު 150 ޑޮލަރުކަމަށްބުނެ، ބޭންކްގެ ލިޔުމެއް މީސް މީޑިޔާގައި ވަނީ ދައުރުވެފައެވެ.

މިކަމާ ގުޅިގެން ގިނަބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކޮށް ބޭންކަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން މީޑިޔާތަކަށް މައުލޫމާތުދެމުން ބީއެމްއެލްއިން ބުނީ ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެކަމަށެވެ. އަދި ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިހާރު އޮންނަ އުސޫލުގައިވާ ގޮތުން ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކުން ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން މަހަކު ކުރެވޭނީ އެންމެ ގިނަވެގެން 750 ޑޮލަރުގެ މުއާމަލާތެވެ. ރާއްޖޭގައި ތިބޭ ފަރާތްތަކަށް މިއަދަދަކީ 250 ޑޮލަރެވެ. މި އުސޫލު ހިނގާނީ ޕްރައިމަރީ އެކައުންޓެއްގެ ގޮތުގައި ރުފިޔާ އެކައުންޓެއް ގެންގުޅޭ ފަރާތްތަކަށެވެ.

Advertisement

ކޮމެންޓް

Advertisement