Advertisement

ހުޅުމާލޭގައި ވިޔަފާރިތަކަށް ފަހި ފުރުސަތުތައް އޮންނާނެ: އެޗްޑީސީ

11 Jan 2021 | 20:16

ހުޅުމާލޭގައި ވިޔަފާރިތައް ހިންގަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ފަހި ފުރުސަތުތައް އޮންނާނެކަމަށް އެ އަވަށުގެ ކަންތައްތައް ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވިޔަފާރި ކުރުމަށް ކޮމާޝަލް ސްޕޭސް ކަނޑައެޅުމުގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާނެ ހިދުމަތްތަށް ފޯރުކޮށްދޭނެ ނިޒާމެއް ކަނޑައަޅާ، ވިޔަފާރިވެރިންނަށް ފަސޭހަ ގޮތްތަކެއް ކަނޑައެޅުމަކީ އެ ކޯޕަރޭޝަނުން އިސްކަންދޭ ކަމެއްކަމަށެވެ.

އެގޮތުން ހުޅުމާލޭގައި މާސްޓަރ ޕްލޭން އެކުލަވާލެވި ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާއިރު، ހުޅުމާލޭގައި ހުރިހާ ދާއިރާއަކުން ވިޔަފާރިވެރިންނަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް އަދި ކުންފުނިތަކުގެ އިތުރުން މެދު އަދި ކުދި ވިޔަފާރިތަކަށްވެސް ގިނަ ފުރުޞަތުތަކެއް ހުޅުވާލެވޭނެކަމަށް ވަނީ ބުނެފައެވެ

އެޗްޑީސީން ބުނީ މިފަދަ ކޮމާޝަލް ސްޕޭސްތައްެ އެދެވޭ ގޮތެއްގައި ކުއްޔަށް ދިނުމަކީ އެ ކޯޕަރޭޝަންގެ ޒިންމާއަކަށް ވާއިރު މިފަދަ ތަންތަން ކުއްޔަށް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް ކަނޑައެޅިފައިވާކަމަށެވެ. މިގޮތުން ރިކުުއެސްޓް ފޯ ޕްރޮޕޯސަލް (އާރް.އެފް.ޕީ) މެދުވެރިކޮށާއި ޑައިރެކްޓް އެލޮކޭޝަން މެދުވެރިކޮށްދިނުމަށް ވަނީ ޤަވައިދެއް އެކުލަވާލެވި އެކުންފުނީގެ ވެބްސައިޓްގައި ޝާއިރުކުރެވިފައެވެ. އާރް.އެފް.ޕީ އަށް ހުޅުވާލެވިގެންދާނީ އާއްމުކޮށް ލިބެން ހުންނަ ޙިދުމަތްތަކާއި ވިޔަފާރިތަކަށެވެ. މިގޮތުން ގްރޯސަރީ ސްޓޯރ އަދި ސެލޫން ފަދަ ތަންތަން ހިމެނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ދެވޭ ފުރުޞަތުގައި އިވެލުއޭޓް ކުރުމަށް ފަހު، ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެއްމެ އެކަށީގެންވާ ފަރާތެއް ހޮވިގެންދާނެއެވެ.

މީގެ އިތުރުން މިފަދަ ތަންތަން ކުއްޔަށް ދިނުމުގައި މި ކޯޕަރޭޝަނުން އަމަލު ކުރާ ދެވަނަ ގޮތަކީ ޑައިރެކްޓް އެލޮކޭޝަން މެދުވެރިކޮށް އެންކަރ ޓެނަންޓް، ފްރެންޗައިސް އަދި އާއްމުންގެ މެދުގައި މަޤުބޫލު ބްރޭންޑްތަކަށް ފުރުޞަތުދިނުމެވެ. ޑައިރެކްޓް އެލޮކޭޝަންގެ އެއްމެ ބޮޑު ބޭނުމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީ ކުރެވެމުންދާ ޕްރޮޖެކްޓްތަކާއި ގުޅިގެން އެ ހިސާބުތަކުގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ހުޅުމާލެއިން އާއްމުކޮށް ނުލިބޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އަދި އެކޯޕަރޭޝަނުން ގަބޫލު ކުރާ ގޮތުގައި މިގޮތަށް ކަނޑައެޅޭ ޔުނިޓްތަކުގެ ސަބަބަބުން މި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ގިނަ މަންފާ އާއި ލާބަ ލިބިގެންދާނެއެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި މިހާރުވެސް ހުޅުމާލޭގެ 1 ވަނަ ފިޔަވަހީގައި ތަރައްޤީ ކުރެވިފައިވާ ގިނަ ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްތަކާއި، ހުޅުމާލެ ސެންޓްެރޯއިން ވިޔަފާރީ އުސޫލުން ކުއްޔަށް ދިނުމަށް ކޮމާޝަލް ސްޕޭސް ކަނޑައެޅި ވަނީ އިޢުލާން ކުރެވިފައެވެ. އަދި ހުޅުމާލެ 2 ވަނަ ފިޔަވަހިގައި މިހާރު އިމާރާތް ކުރެވިފައިވާ ހިޔާ ފްލެޓުގެ ބައެއް ޔުނިޓްތައް ކޮމާޝަލް ސްޕޭސް ގޮތުގައި ކަނޑައެޅި ވަނީ ޢިއުލާންކުރެވިފައެވެ.

މީގެއިތުރުންވެސް، ހުޅުމާލޭގައި އެކި ގޮތްގޮތުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް، އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީ.އޯ.އައި) ފޯމު ހުށަހަޅުމުގެ ފުުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ. މިފޯމް ހުށަހެޅުމުން، އެފަރާތަކާއި ގުޅުން ހުރި އާރް.އެފް.ޕީ އެއް އިޢުލާން ކުރެވޭއިރު އެފަރާތަކަށް އެންގޭނެއެވެ. 

Advertisement

ކޮމެންޓް