Advertisement

މިސަރުކާރުން ވަކިބަޔަކަށް ފްލެޓްދިނުމަށް ފޯމް ފުރަމުންދޭ: މުޢިއްޒު

14 Jan 2021 | 08:14

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން ޙަވާލުކޮށްފައިވާ މީހުންގެ އަތުން ފްލެޓްތައް އަތުލުމަށްފަހު މިސަރުކާރުން އެފްލެޓްތައް ދޭން ބޭނުންވާ ވަކިބަޔަކަށް ދިނުމަށްޓަކައި ފޯމު ފުރަމުންދާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢްިއޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން ޙަވާލުކޮށްފައިވަނީ އުސޫލުގެ ތެރެއިން ކަމަށްވީނަމަވެސް، މިސަރުކާރު ވެރިކަމަށް އައިފަހުން އެ ލިސްޓުތަކަށް ބޮޑެތި ބަދަލު ގެނެސް އެތައް ބައެއްގެ ފްލެޓްތައް އަތުލާފައިވާ ކަމަށެވެ.އަދި ވަކިބަޔަކަށް ފްލެޓް ދިނުމުގެ މަޤްސަދުގައި ފޯމުތައް ފުރާ ލިޔެކިޔުންތަކަށް ބަދަލުގެންނަމުންދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެނަފއިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.

ދާދިފަހުން ފްލެޓްތަކުގެ ވަގުތީ ލިސްޓު ނެރެފައިވާއިރު، އެތައް ބައެއް އެލިސްޓުން އުނިކޮށްފައިވާކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.އަދި ޙާލަތު ބަދަލުވެފައިވާ ކަމުގައި ބުނެ ފްލެޓްތަކުގެ ޙައްޤުވެރިންގެ އަތުން ފްލެޓް އަތުލުމަކީ ސަރުކާރުން ގަސްތުގައި ރައްޔިތުންނަށްދޭ އަނިޔާއެއް ކަމަށެވެ.

"އަޅުގަނޑު ހިތައް އަރާ ރައީސް ސާލިޙް ހަމަޖެހިލައްވައިގެން ގެއަށް ވަޑައިގެން ނިދިކުރެއްވޭތޯއޭ ރޭގަނޑު.މާލެ ރައްޔިތުންނަށް މިއަނިޔާ ދެއްވާފައި.ކޮން ޙައްޤެއްތޯ އޮތީ މިއަނިޔާ ދޭން. ކިހާ ނިކަމެތި ކަމެއްތޯ ރައްޔިތުންނަށް އެދެނީ.އެތައ ރައްޔިތުންނެއް ތިބީ ނިކަމެތިވެފައި." މުޢިއްޒު ވިދާޅުވިއެވެ.

މިސަރުކާރުން ފްލެޓްތަކުގެ ޙައްޤުވެރިންގެ އަތުން ފްލެޓްތައް އަތުލާފައިވާކަން ފާހަގަކޮށް، ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދީފައިވާ ހުރިހާ ރައްޔިތުންނަށް މިހާރުން މިހާރަށް އެފްލެޓްތައް ޙަވާލުކުރުމަށް ޑރ.މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement