ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކުރަނީ

15 Jan 2021 | 14:32

ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

އެކުންފުނިން ބުނީ ހުޅުމާލޭގެ އާބާދީ އަދި އެކި ސަބަބުތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ބޭފުޅުންގެ އަދަދު ގިނަވެފައި ވާއިރު، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ފަސޭހައިން ބޭނުން ކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކައި އެ ކޯޕަރޭޝަނުން ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ޕްލޭންގެ ދަށުން ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް (ވަންވޭ) ކުރުމުގެ މަސައްކަތް އިއްޔެ 13 ޖަނަވަރީ 2021 ވަނަ ދުވަހު ވަނީ ފެށިފައެވެ. އެ 20 މަގުތަކަކީ:

ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި، ފަސޭހަ މަގުތަކަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއްކޮޅަށް ދުއްވޭ މަގުތައް ކަނޑައެޅުމުގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ 14 ސަރަހައްދެއްގައި 1330 މަގު ބައްތި ޖެހުމާއި، މިހާރު ހުރި ގިނަ ބައްތިތަކެއް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް