މިސްކިތުގައިހުރި ދުވަސްވީ މީހަކަށް އިންޑިޔާ މީހަކު ހަމަލާދީފި

15 Jan 2021 | 19:24

ހުޅުމާލޭގެ މިސްކިތެއްކަމަށްވާ މަސްޖިދުލް އަޒީޒާގެ ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހަކު ނެރެ މާރާމާރީ ހިންގަން އުޅުނު އިންޑިއާގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހަކު ގައިން ވަހެއް ދުވާތީކަމެއް ބުނެ އިންޑިއާ ފިރިހެނެެއް އެމީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި އިންޑިއާ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށްވާ "ހަތާވީސް"އަށް މައުލޫމާތުދެމުން އެ އުމުރުން ދުވަސްވީ މީހާ ބުނީ އެ އިންޑިއާ މީހާއަކީ އޭނާ ދަންނަ މީހެއް ނޫންކަމަށެވެ. އަދި އެމީހާ ގަމީހުގެ ގިރުވާނުގައި ބާރަށް ހިފައި ޖަހާނެކަމަށްވެސް ބުނިކަމަށް އެ އުމުރުން ދުވަސްވީ މީހާ ބުންޏެވެ.

“ވަރަށް ބާރަށް ހިފަހައްޓާފައި ބުނެފި، ޖަހާނީއޭ، އަޅުގަނޑު ބުނެފިން ޖަހައިގެން ނުވާނެއޭ. ކީއްކުރަންހޭ ޖަހަނީ. ޖަހާކަން ނުޖެހޭނޭ އަހަރެންގެ ގައިގައި. އަހަރެން މި އަރަނީ ނަމާދަށޭ. ކަލެއާ މަށާ ކޮބާހޭ އޮތް ގުޅުމަކީ. ކޮބާހޭ ކިޔާފައި ވަރަށް ރުޅިއައިސްގެން ހުރެފައި ދޫކޮށްލައިފައި ކިޔައިފި، މީނަ ޗެކްކުރާށޭ"، ހަތާވީސް ނޫހަށް މައުލޫމާތުދެމުން އެ ދުވަސްވީ މީހާ ބުނެފައިވެއެވެ.

އެ އުމުރުން ދުވަސްވީ މީހާ އިތުރަށް ބުނީ އިންޑިއާ މީހާ ބޭނުންވީ ބަލައިފާސްކުރުމަށް ކަމަށެވެ.

Advertisement

ކޮމެންޓް