ދެއްވަދޫ އިން ކޮވިޑް-19 ގެ ހައި ރިސްކު ދެމީހަކު މާލެ ގެންނަނީ

16 Jan 2021 | 23:42

 ގއ.ދެއްވަދޫ އިން ކޮވިޑް-19 ޖެހިފައިވާ ހައިރިސްކު ދެމީހަކު މާލެ ގެންނަން ނިންމައިފިއެވެ.

ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީގައި މިވަގުތު ތިން މީހަކަށް ދަނީ ފަރުވާދެމުންނެވެ. އެއީ ދެއްވަދޫ ކްލަސްޓާ އާއި ގުޅުންހުރި އުމުރުން ދުވަސްވީ ދެމީހަކާއި، ގއ.ދާންދޫ އިން ޕޮޒިޓިވްވި 20 އަހަރުގެ މީހެއް ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

ދެއްވަދޫ ކައުންސިލުން ވިދާޅުވީ، ކޮވިޑް ޖެހިފައިވާ ހައި ރިސްކު ދެމީހަކު މާލެ ގެންނަން ހަމަޖެހިފައިވާ ކަމަށާއި، މިއަދު ހަވީރުގެ ވަގުތެއްގައި ފުރުވާލެވޭނެ ކަމަށެވެ.

ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް ހައި ރިސްކު ގެ ގޮތުގައި 100 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ. މިކްލަސްޓާ ގައި މިހާތަނަށް އެރަށުން 54 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.އަދި ދެއްވަދޫ ކޮންޓެކްޓާއި ގުޅޭ އިތުރު ކޭސްތައް އެއަތޮޅުގެ ދެރަށަކުން ވަނީ ފެނިފައެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް