Advertisement

އިދިކޮޅު ކެނޑިޑޭޓެއްގެ ކެނޑިޑެންސީ ބާތިލްކުރި މައްސަލަ ކޯޓަށް

17 Jan 2021 | 12:15

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލް ކުރި މައްސަލަ ކޯޓަށް ވެއްދުމަށް އެކޯލިޝަނުން ނިންމައިފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކެންޑިޑެންސީ ބާތިލް ކޮށްފައިވަނީ ކައުންސިލަށް ކުރިުމަތިލެއްވި ބޭފުޅުންގެ ކިބައިގަނއި ހުންނަން ޖެހޭ ޝަރުތުތައް ނެތް ކަމަށް ބުނެއެވެ.އެކެންޑިޑޭޓުގެ ކެންޑިޑެންސީ ބާތިލް ކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.

ތ.ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި ޙަސަން މޫސާގެ ކެންޑިޑެންސީ ބާތިލްކުރިކަން އަންގައި އިލެކްޝަންސް ކޮމިޝަނުން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ކައުންސިލްތަކުގެ އިންތިޚާބްގެ ޤަވާޢިދުގެ 65 ވަނަ މާއްދާއިން އީސީއަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ދަށުން ކަނޑޫދޫ، އުސްގެ ޙަސަން މޫސާއަކީ އެކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ފަރާތެއް ކަމަށެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ، އެކެންޑިޑޭޓުގެ ކެންޑިޑެންސީ ބާތިލްކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިންއީސީން ވަނީ ޙަސަން މޫޫސާގެ ކުށުގެ ރެކޯޑެއް ނެތްކަމަށް ދީފައިވާ ލިޔުމާއެކު ބަލައިގެންފައެވެ.

Advertisement

ކޮމެންޓް