ހިޔާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް މިމަހުގެ ތެރޭގައި އާންމުކުރަން މަސައްކަތްކުރަން: ފްލެޓް ކޮމިޓީ

18 Jan 2021 | 01:01

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްތައް މިމަހުގެ ތެރޭގައި އާންމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

"ވޮއިސް"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެންބަރު އަލްއުސްތާޛު ތޯހާ މުހައްމަދު ވިދާޅުވީ މިމަހުގެ ފަހުކޮޅުގައި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްތައް އާންމުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ދާއިމީ ލިސްޓްތައް އާންމުކުރާނީ ވަގުތީ ލިސްޓްތަކަށް ހުށައެޅިފައިވާ ޝަކުވާތަކަށް ޖަވާބު ދިނުމަށްފަހުގައި ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މިހާތަނަށް ސަރުކާރުން އާންމުކޮށްފައިވަނީ އެޗް4 އިން ފެށިގެން އެޗް10އާ ހަމައަށް ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓެވެ. މި ލިސްޓްތަކާ މެދު އާންމުން ދަނީ ބޮޑެތި ޝަކުވާތަކެއް ކުރަމުންނެވެ.

އެގޮތުން އެންމެ ބޮޑު އެއް ޝަކުވާއަކީ ދިރިއުޅުމުގެ ހާލަތުގެ ކެޓަގަރީއަށް މާކްސް ދީފައިވާ ގޮތެވެ.

މި ޝަކުވާތައް ބޮޑުވުމުން، ފްލެޓް ކޮމެޓީން ފަހުން ވަނީ ދިރިއުޅުމުގެ ހާލަތަށް މާކްސްދިން ގޮތް އާންމުކޮށްފައެވެ. އަދި އެ އުސޫލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

Advertisement

ކޮމެންޓް

Advertisement