ފިޔަވަތީގެ މެއިންޓެނަންސް ކަންކަން އެމްއޭސީއެލްއާއި ޙަވާލުކޮށްފި

19 Jan 2021 | 11:04

ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ކަމުގައިވާ "ފިޔަވަތި" މަރުކަޒަށ ބޭނުންނާ މެއިންޓެނަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޖެންޑަރ މިނިސްޓްރީން އެމްއޭއީއެލް އާއެކު އެމް.އޯ.ޔޫ.އެއްގައި ސޮއިކޮށްފިއެވެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފިޔަވަތީގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ބައެއް ތަކެތިމަރާމާތުކޮށް، ސާރވިސްކޮށް ބެލެހެއްޓުމާއި، ޢިމާރާތުގައި ބޭނުންކުރެވޭ ބޮކި، ލެޑް ލައިޓަށް ބަދަލުކުރުން ހިމެނެއެވެ.

ހޯމަ ދުވަހުގެ ހެނދުނު ޖެންޑަރ މިނިސްޓްރީގައި ބޭއްވުނު އެރަސްމިއްޔާތެއްގައި އެ އެމް.އޯ.ޔޫ.ގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ.އަދި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ގޯޑްން އެންޑްރިއުއެވެ.

ފިޔަވަތީގައި މިވަގުތު 13 އަހަރުން ދަށުގެ 119 ކުދިން އަންނަނީ ދިރިއުޅެމުންނެވެ.

Advertisement

ކޮމެންޓް