ސުޕަރ މެޖޯރިޓީ އޮވެ ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ލަސްކޮށްފި

19 Jan 2021 | 17:09

ދައުރުން ބޭރުން ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ޖަލްސާއަށް ކޯރަމް ހަމަނުވެގެން ލަސްކޮށްފިއެވެ.މިޖަލްސާ ބާއްވަން ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބް އަވަސްކުރުމަށް ޤާނޫނަށް ބަދަލުގެނައުމާއިއެކު، އެޤާނޫނަށް ހުށަހަޅާފައިވާއިސްލަޙުގެ ބިލުގެ މަސައްކަތް މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމާއި ވޯޓަށް އެހުމެވެ.

މަޖިލީހުގެ ރިއާސަތުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވީ، ޖަލްސާ ނުފެށި ލަސްވެފައިވަނީ ކޯރަމް ހަމަނުވެގެން ކަމަށެވެ.އަދި މަޖިލީހުގެ ޖަލްސާއަށް މިއަދު ޙާޒިރުވި މެމްބަރުންގެ ނަންތައް އިއްވުމަށްފަހު އީވާ ވިދާޅުވީ، މިއަދުގެ ޖަލްސާއަށް އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރެއްވެސް ހާޒިރުނުވާ ކަމަށެވެ.

ލޯކަލް ކައުންސިލް އަދި އަނހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބް އަންނަ މެއި މަހުގެ 10 ގެ ކުރިން ނުބޭއްވޭ ޙާލަތެއް ކުރިމަތިވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން އެއްމަސް ދުވަހުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭ ގޮތަށް މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

Advertisement

ކޮމެންޓް