Advertisement

ރީފްސައިޑުން ޖަޕާނުގެ މަޝްހޫރު އައިވާ ބްރޭންޑްގެ އޭސީ ދިވެހިރާއްޖެއަށް ތައާރަފްކޮށްފި

19 Jan 2021 | 13:27

ޖަޕާނުގެ މަޝްހޫރު އިލެކްޓްރޯނިކްސް ބްރޭންޑެއްކަމަށްވާ "އައިވާ"ގެ އޭސީތައް ރީފްސައިޑް ލައިފްސްޓައިލުން ދިވެހިރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ރީފްސައިޑް ކުންފުނިން މައުލޫމާތުދޭ ގޮތުގައި އައިވާ ބްރޭންޑްގެ އޭސީތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އުފައްދާފައިވާ އޭސީތަކެކެވެ. އެގޮތުން އޭގެ އައުޓްޑޯރ ޔުނިޓްތައް އުފައްދާފައިވަނީ ދަބަރު ޖަހައި ބާވުމުން ދުރުވާނެގޮތަށް، ގަލްވަނައިޒް ކޮށްފައިވާ އެކްސްޓީރިއަރއެއް ހިމަނައިގެންނެވެ. އަދި މި އޭސީގައި ގޯލްޑް ފިން ކޮންޑެންސަރެއް އަދި އެވަޕޮރޭޓަރެއް ހިމެނިފައިވުމުން އެހެން އޭސީތަކާއި އަޅާބަލާއިރު އުމުރު ދިގުވާނެކަމަށް ރީފްސައިޑުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައިވާގެ އޭސީތަކުގެ އަޑު މަޑުވެފައި، ކަރަންޓް ޚަރަދު ވަރަށް ކުޑަވާނެކަންވެސް ފާހަގަކޮށްލެވެއެވެ.

ރީފްސައިޑުން މައުލޫމާތުދޭ ގޮތުގައި އެކުންފުނީގެ ރީފްސައިޑް ލައިފްސްޓައިލް ފިހާރައިން ގަންނަ ކޮންމެ އައިވާ އޭސީ ޔުނިޓަކަށް 3 އަހަރުގެ ކޮމްޕްރެސަރ އަދި އެއް އަހަރުގެ ވޮރެންޓީ ލިބިގެންދާނެއެވެ. އަދި ގަންނަ ކޮންމެ އޭސީ ޔުނިޓަކާ އެކު، 10 ފޫޓުގެ ޕައިޕް އަދި ބްރެކެޓް ހިމެނޭ އިންސްޓޮލޭޝަން ޔުނިޓެއްވެސް ލިބޭނެއެވެ.

އައިވާ ބްރޭންޑްގެ އޭސީ ގަންނަން ބޭނުންވާ ފަރާތްތަކުން މާލޭގެ އޯކިޑް މަގުގައި ހުންނަ ރީފްސައިޑް ލައިފްސްޓައިލް ފިހާރައަށް ޒިޔާރަތްކޮށްލައިގެން އެ ގަނެވޭނެއެވެ. ނުވަތަ 7731204 އަށް ވައިބަރކޮށްގެންވެސް އެކަން ކުރެވިދާނެއެވެ.

ރީފްސައިޑުން ދަނީ އައިވާ ބްރޭންޑްގެ ޓީވީވެސް ރާއްޖޭގައި ވިއްކަމުންނެވެ.

Advertisement

ކޮމެންޓް

Advertisement