މާންދޫއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި

19 Jan 2021 | 14:30

ލ.މާންދޫގައި ގާއިމްކޮށްފައިވާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ޑީސަލް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފިއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 7 ރުފިޔާ 75 ލާރިއަށެވެ. މިއީ ކުރިން ވިއްކި އަގާއި އަޅާބަލާއިރު ލީޓަރަކުން 46 ލާރީގެ ބޮޑުވުމެކެވެ.

މީގެކުރިން އެތަނުން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކީ 7 ރުފިޔާ 29 ލާރިއަށެވެ.

ނަމަވެސް މަސްވެރިން ނޫން ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަމުން ދާނީ ކުރިންވެސް ވިއްކަމުން އައި އަގުކަމުގައިވާ 13 ރުފިޔާ 19 ލާރިއަށްކަން ފާހަގަކޮށްލެވެއެވެ.

ފޮަޓޯ: ވީނިއުސް

Advertisement

ކޮމެންޓް