ކައުންސިލް އިންތިޚާބާއި ގުޅޭ ގައިޑްލައިން އިލެކްޝަނަށް ފޮނުވައިފި

19 Jan 2021 | 21:04

ކޮވިޑް-19 އާއި ގުޅިގެން ދިގުދަންމާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބް ބޭއްވުމަށްޓަކައި ޢަމަލުކުރަންޖެހޭ ގައިޑްލައިނެއް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފިއެވެ.

ކައުންސިލް އިންތިޚާބް ވީހާވެސް އަވަހަށް ބޭއްވުމަށް ޤާނޫނެއް ވުޖޫދުކޮށް އިންތިޚާބް ފަސްކުރީ އެއްހަރުގެ މުއްދަތަކަށެވެ.އަދި އިންތިިހާބަށް އީސީން އިއުލާންކުރަންޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ކައުންސިލތަކުގެ އިންތިޚާބް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، އިންތިޚާބް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކ ހެލތުން ކަނޑައަޅާ އުސޫލުތަކާއި އެކުގައި ކަމަށް މިއަދު ފާސްކުރި އިސްލާޙުގައި ބުނެފައިވެއެވެ.

ޤާނޫނަށް ގެނެވުނު އިސްލާޙާއިއެކު އަންނަ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިޚާބް ބާއްވަން ޖެހެއެވެ.އެޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޚާބް ނުބޭއްވޭނަމަ އެސަބަބާއި އެކު 30 ދުވަސް ކުރިން މަޖިލީހަށް ހުށަހެޅުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ. 

Advertisement

ކޮމެންޓް

Advertisement