ރައީސުލްޖުމްހޫރިއްޔާ މިއަދު ގައުމާއި މުޚާތަބުކުރައްވަނީ!!

20 Jan 2021 | 12:38

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، މިއަދު މެންދުރުފަހު ގައުމާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ޞާލިހް ގައުމާއި މުޚާތަބުކުރައްވާ ވާހަކަދައްކަވާނީ މިއަދު މެންދުރުފަހު ދޭއްޖަހާއިރު ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19 ބަލިމަޑުކަމާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެފަހުގެ އަދާހަމަތައް ލިބިގެންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ވާހަކަފުޅު ހުރިހާ ޓީވީ ޗެނަލަކުން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،633އަށް އަރާފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،615އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement