މަނީ ލޯންޑްރިންގގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލުހުކުމަށް ހައިކޯޓުން ތާއިދުކޮށްފި

21 Jan 2021 | 16:40

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލުހުކުމަށް ހައިކޯޓުންވެސް ތާއިދުކޮށްފިއެވެ.

މި މައްސަލައިގައި ހައިކޯޓުން މިފަދައިން ނިންމާފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައެޅުމުން، އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗްގެ ތެރެއިން ދެ ފަނޑިޔާރުންގެ ތާއިދާ އެކުގައެވެ.

ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކުރުމަށްވެސް ނިންމާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގްގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާ ނަމަކަށް ކިޔާ ފަޅުރަށެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.

މި ފައިސާ ދެފަހަރެއްގެ މަތިން ފަސް ލައްކަ ޑޮލަރުގެ ޗެކްތަކެއްގެ ގޮތުގައި ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބޮޑު ދައުރެއް އަދާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުންކަމަށް ދަށުކޯޓުގައި ދައުލަތުން އުުފުލި ދައުވާގައިވަނީ ބުނެފައެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް